ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން – އޮކްސްފޯޑް އެޕިޑީމިއޮލޮޖިސްޓުން

ޕްރޮފެސަރ ހެނެގަން އަދި ސެންޓަރ ފޮރ އެވިޑެންސް ބޭސްޑް މެޑިސިންގައި އޭނާ އާ އެކު މަސައްކަތްކުރާ އެޕިޑީމިއޮލޮޖިސްޓް ޓޮމް ޖެފަސަން އާއެކު unheard.com ގެ ފަރާތުން ފްރެޑީ ސޭޔަރސް ކޮށްފައިވާ އިންޓަރވިއު ގެ ވީޑިއޯ މިވަނީ އެވެ. އަދި މި އިންޓަވިއު ގެ މުހިން ބައެއް ބަސްތައް ތިރީގައި އެވަނީއެވެ.

2:55 – މާސްކު

● ޓޮމް ޖެފަސަން: “ކުރީސަފުގައި މަސައްކަތް ކުރާ ފަރާތްތައް ފިޔަވައި، އެހެން މީހުން މާސްކު އެޅުމުން ވަކި ތަފާތެއް ފެންނާނެ ކަމަކަށް އެއްވެސް ފަންނީ ދަލީލެއް ނެތެވެ. މިއަށްވުރެ ބޮޑަށް ފާހަގަކުރަންޖެހޭ ކަމަކީ ގޮތް ނޭނގޭ ކަން: މިފަދަ ކަންކަމުން އެއްވެސް ފައިދާއެއް ކުރާނެ ކަން ނޭނގޭ ކަމެވެ. … އަހަރުމެން ރެނޑަމައިޒްޑް ކޮންޓްރޯލް ތަހުލީލުތައް ފެބުރުއަރީ، މާރިޗް އަދި އޭޕްރިލް ގައި ހެދިފައިހުންނަންޖެހޭނެ އެވެ. ނަމަވެސް، ދެން މިފަދަ ތަހުލީލެއް ނުހެދޭނެ އެވެ. އޭގެ ސަބަބަކީ، ވައިރަސް ދައުރުވާ މިންވަރު މިހާ ދަށްވެފައިވާ މި ވަގުތުގައި މިފަދަ ތަހުލީލެއް (މާސްކު އެޅުމުން އެއްވެސް އެދެވޭ ބަދަލެއް ލިބޭތޯ ބެލުމަށް) ދެން ހެދޭނީ ނުހަނު ގިނަ ބަޔަކު ހިމަނައިގެންނެވެ. 

● ކާލް ހެނެގަން: “މާސްކު އަޅަން ބޭނުން މީހަކަށް މާސްކު އެޅިދާނެ، ނަމަވެސް އެކަމަކީ ފަންނީ ހެއްކެއްގެ މައްޗަށް ބިނާކުރެވޭ ކަމެކޭ ނުބުނެވޭނެ އެވެ. …ފަންނީ ހެއްކެއްގެ މައްޗަށް އަމަލެއް ބިނާކުރުމާ “ސައިންސް އަށް ބަލައިގެންނޭ އަމަލުކުރަނީ” މިހެން  ބުނުމާ ވަރަށް ތަފާތެވެ. މިއީކީ އެއްވެސް މިންވަރަކަށް ސާފުނޫން އަދި ހެއްކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަހެއް ނޫނެވެ.” 

9:26 – ޕެންޑެމިން ގެ މުއްދަތު

● ކާލް ހެނެގަން: “ބަލިޖެހުމުގައި ބަލަންޖެހޭ މުހިންމު އެއް ކަމަކީ ކޮންބަޔަކަށްތޯ ބަލިޖެހެނީ، މިއިން ދައްކުވައިދޭނެ ބައްޔަކީ ޕެންޑެމިކް އެއް ކަން ނުވަތަ މޫސުމީ ކަމެއްކަން. ޕެންޑެމިކް އެއްގައި ހަގު އުމުރުގެ ކުދިންނަށް ބަލިޖެހޭ މިންވަރު ބޮޑުވާނެ. ނަމަވެސް، އިނގިރޭސި ވިލާތުގައި އަހަރުމެންނަށް ފެނިގެން މިދިޔައީ އެންމެ ހަ ކުދިން މަރުވިތަން – މި އަދަދަކީ ޕެންޑަމިކް އެއްގައި ނަމަ ފެނިގެންދާނެ އަދަދަށް ވުރެ މާ މަދު އަދަދެއް. ނަމަވެސް، ބަލީގައި މަރުވެފައިވަނީ 75 އަހަރުން މަތީގެ ގިނަ އަދަދެއްގެ މީހުން ކަމަށް ވުމުން، މި ބައްޔަކީ މޫސުމީ ގޮތުން ކުރިމަތިވެފައިވާ ބައްޔެއްކަމަށް ބެލެވެއެވެ.” 

14:00 – ކޮވިޑް އާ މޫސުން

● ކާލް ހެނެގަން: “މޫސުމީ ހޫނުމިން މައްޗަށް ދިއުމުން ވައިރަސް ފެތުރޭ މިންވަރަށް ވަރަށް ބޮޑަށް ދަށަށްދޭ. ނަމަވެސް، ޖައްވުގެ ތެތްފިނި ކަން މިކަމުގައި މުހިން ރޯލެއް އަދާކުރޭ. ޖައްވުގެ ތެތްފިނިކަން ދައްވުމުން ބަލި ފެތުރޭ މިންވަރު ދަށަށްދޭ. … މިހެންވުމުން، އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ބަލި ފެތުރޭ މިންވަރު މިދުވަސްވަރު މައްޗަށްދަނީ ދެކުނުގެ ބައްރަށް ފިނި މޫސުން ކަމަށް ވުމުންނެވެ.”

20:37: ލޮކްޑައުން

● ކާލް ހެނެގަން: “ގިނަ މީހުން ބުނޭ އަހަރުމެން ލޮކްޑައުން ކުރިލޭ މާލަހޭ. ނަމަވެސް، ދުވަސްމީހުން ބަލަހައްޓާ ތަންތަނުގައި ތިބި މީހުންނަށް ބަލި ޖެހުނު އަދަދުގެ ތެރެއިން %50 މީހުންނަށް ބަލިޖެހިފައިވަނީ ލޮކްޑައުން ދުވަސްވަރުގައި. ވީމާ، ބަލި ފެތުރޭ ގޮތް އެހާ ސާފެއްނޫން. ބަލިން ރައްކާތެރިވުމަށް ލޮކްޑައުން ކުރުމަކީ އެހާ ރަނގަޅު ފިޔަވަޅެއް ނޫން. މުޖުތަމަޢު ގެ ހަރަކާތްތައް ކުރިއަށް ގެންދަމުން އަދި ދުވަސްވީ މީހުން ވެސް ރައްކާތެރިކުރެވޭނެ ގޮތާ ބެހޭ ގޮތުން އަހަރުމެންގެ މެދުގައި ވިސްނުންތެރި މަޝްވަރާތަކެއް ކުރެވެންޖެހެއެވެ. 

27:30: ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް

● ކާލް ހެނެގަން: “ބަލިން ރައްކާތެރިވުމަށް މިހާރު އަޅާ ފިޔަވަޅުތަކުން ލިބޭ ފައިދާ އަކީ އެއިން ލިބޭ ގެއްލުން ބޮޑު ފިޔަވަޅުތަކެކެވެ. ބަލި ކޮންޓްރޯލު ކުރުމަށް މިހާރު އަޅާ ފިޔަވަޅުތައް ބިނާކުރެވިފައިވަނީ ހަމައެކަނި ބައްޔަށް ވިސްނައިގެންނެވެ. ނިޔު ޒީލަންޑް ގައި އަމަލުކުރާ ގޮތަށް، ބަލި ފެތުރުން ސުމަކަށް ގެނައުމަށް މުޅި ގައުމު ލޮކްޑައުން އަކަށް ގެނައުމުން ކުރިމަތީ ވާނީ އެހެނިހެން މައްސަލަތަކެވެ. މި ވައިރަސް އެބަ ދައުރުކުރޭ، ވީމާ ދައުރުކުރުން އެއްކޮށް ހުއްޓުވާލުމަށް މަސައްކަތް ކުރުމަކީ އަހަރެއްނަށް ފެންނަ ގޮތުގައި އެންމެ އެދެވޭ ގޮތެއް ނޫން. އަހަރުމެން ބަލަންޖެހޭނީ މި ވައިރަސްއާ އެކުގައި ވެސް އުޅެވޭނެ ގޮތަކީ ކޮބައިތޯ ބަލަންށެވެ.” 

32:45 – ވައިރަސް އާ ދެކޮޅަށް ކުރާ މަސައްކަތް

● ޓޮމް ޖެފަސަން: “އަހަރެންގެ އުމުރުގައި ހަތަރު ޕެންޑަމިކް އައި ނަމަވެސް، ކުރީ ތިން ޕެންޑަމިކް އައިކަން ވެސް އިހްސާސެއް ނުވޭ. ބަލީގައި މީހުން މަރުވި ވެސްމެ، ނަމަވެސް ދިރިއުޅުމަކަށް އެއްވެސް ބަދަލެއް ނާދޭ އަދި މިހާރު އަމަލުކުރާ ގޮތަށް މުޖުތަމަޢުގެ ފޭރާން ވެސް ހަލާކު ކުރެވިފައެއް ނުވޭ. …އަހަރުމެންނަށް އެޅިފައިވާ ނޭދެވޭ ފިޔަވަޅުތަކުން އިބުރަތް ހާސިލްކޮށް، ޔޫރަޕު ގައުމުތަކުގައި ސިޔާސަތު ބަދަލުކުރުމަށް ފިޔަވަޅު އަޅާތަން އަހަރެންނަށް ފެނޭހޭ؟ ޖަވާބަކީ ނޫނެކެވެ.” 

43:30 – މަރުވާ މީހުންގެ ނިސްބަތް

● ކާލް ހެނެގަން: “ސްވައި ފްލޫ ފަދައިން، މި ބަލީގައި ވެސް މީހުން މަރުވާ ނިސްބަތް ވާނީ %0.3-0.1 އާ ދެމެދުގެ އަދަދަކަށް. މިއީ އަހަރުމެން ހީކޮށްގެން ހުރި އަދަދެއް ވުރެންވެސް މާ ދަށް އަދަދެއް. ބަލީގައި މީހުން މަރުވާ މިންވަރު މިހާރު އަހަރުމެންނަށް އެބަ ފެނެއެވެ.” 

● ޓޮމް ޖެފަސަން: “މި ކަމުގައި ދެކެވިފައިވާ ވާހަކަތަކަށް ފުރިހަމައަށް ބަލައިލައިފި ނަމަ ފެނިގެންދާނެ، ފެށުނީއްސުރެން މިކަން އޮޅުވާލެވިފައިވާ ގޮތް. އެކެއް ނުވަތަ ދެ ކަމެއްގެ މައްޗަށް ބިނާކޮށް، އެހެން އެއްވެސް ކަމަކަށް ނުބަލާ، އިންފްލުއެންޒާއާ ނޭދެވޭ މިންވަރަށް ގުޅުވާލާފައިވާ ގޮތް. މިހާރުވެސް ވަކި ތަފާތެއް ނެތެވެ.” 

Leave a Reply