ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން – ސްވިޑްންގެ އެޕިޑީމިއޮލޮޖިސްޓު ޕްރޮފެސަރ ޔޯހަން ގީސިކޭ

17 އޭޕްރީލް 2020

ޕްރޮފެސަރ ޔޯހަން ގީސިކޭ އަކީ ދުނިޔޭ އެންމެ މަޝްހޫރު އެއް އެޕިޑިމިއޮލޮޖިސްޓް އެވެ. އެބޭފުޅާ އަކީ ސްވިޑެންގެ ސަރުކާރަށް ޞިއްޙީ އިރުޝާދު ދޭ ފަރާތެކެވެ. އަދި އެބޭފުޅާއަކީ ޔޫރަޕިއަން ސެންޓާރ ފޯ ޑިސީސް ޕްރެވެންޝަންގެ އެންމެ ފުރަތަމަ ޗީފް ސައިންޓިސްޓެވެ. އަދި އެބޭފުޅާއަކީ ޑަބްލިއު އެޗްއޭގެ ޑިރެކްޓަރ އަށް ޞިއްޙީ އިރުޝާދުދޭ ބޭފުޅެކެވެ.

އެބޭފުޅާ ވިދާޅުވެފައިވަނީ؛

  • ލޮކްޑައުން ކުރުމުގެ ޕޮލިސީއަކީ ހެއްކާއި ޤަރީނާގެ މައްޗަށް ކޮށްގެން އުޅޭ ކަމެއް ނޫން
  • ރަނގަޅު ޕޮލިސީ އަކީ ލޮކްޑައުން ނުކޮށް ބަލިކަށި މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން ރައްކައުތެރިކުރުން
  • އޭގެ ސަބަނުން މުޖްތަމާޢަށް ހާރޑް އިމިއުނިޓީ ނުވަތަ ބަލިން މުޖްތަމަޢުގެ ގިނަބަޔަކަށް ޖެހި އެއަށް ޤުދުރަތީ ގޮތުން ރައްކައުތެރިކަން ލިބޭނެ
  • ނިއުލް ފްރެގްސަންގެ އިންޕީރިއަލް މޮޑެލް ޕޭޕަރަކީ ރަނގަޅު ޕޭޕަރެއް ނޫން. އެއީ ޕިއަރ ރިވިއުޑްކޮށް ނެރުނު ޕޭޕަރަކަށް ނުވާއިރުވެސް އެއަށް ބިނާކޮށް އެހާ ގިނަ ބަޔަކު ޢަމަލު ކުރިކަމަކީ ހިތާމަ ހުރި ކަމެއް
  • އެ ޕޭޕަރަކީ މާ ބޮޑަށް ކަންފަލަކޮށް ބޮޑުވަރުކޮށް ވާހަކަ ދައްކާފައި އޮތް ޕޭޕަރެއް
  • ކޮވިޑް އަކީ “ފްލޫ” އެކޭ އެއްގޮތް “އާދައިގެ ބައްޔެއް” އަދި މި ބަލި އަލަށް ފެނިގެން އުޅޭތީވެ މީހުން އެހާ ބިރެއް އެގަންނަނީ.
  • މި ބަލީގެ މަރުގެ ޕަސެންޓޭޖަކީ %.01 އާއި ކައިރި އަދަދެއް
  • ޔޫކޭ އާއި ސްވިޑެންގެ އާބާދީގެ %50 އިންސައްތަ މީހުން މިހާރު މި ބަލި ޖެހިފިވައިވާނެ، އެންޓި ބޮޑީ ޓެސްޓުތައް ކުރުމުން އެކަން އެނގިގެން ދާނެ.

މި ބޭފުޅާވެސް ވަނީ ކޮވިޑް-19 އަކީ ރޯގާ އާއި އެއްގޮތް އާދައިގެ ބައްޔެއް ކަމުގައި ވިދާޅުވެފަ އެވެ. އެތަކެއް ސިއްޚީ މާހިރުންނެއް ދަނީ މި ހަޤީޤަތް ހާމަ ކުރަމުން ނެވެ. ސްވިޑެން އިން ޢަމަލުކުރި ގޮތާއި މެދު ދުނިޔޭގެ ކަންމޮށިވެގެންވާ ބުއްދިވެރި އެތަކެއް ފަންނުވެރިންނާއި ސައިންސުވެރިންދަނީ ތައުރީފުގެ ބަސްތައް ރައްދު ކުރަމުން ނެވެ.

Leave a Reply