ވޭތުވެދިޔަ 50 އަހަރުގެ އެންމެހައި ދިރާސާއަކުން ދައްކަނީ މާސްކު އަޅައިގެން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކައުތެރިކަން ލިބިފައިނުވާ ކަމަށް އަދި މާސްކު އެޅުމުން އެތައް އަނިޔާއެއް ލިބޭ ކަމަށް!

22 ސެޕްޓެންބަރ 2020: ކޮވިޑާއި ގުޅިގެން ރައްޔިތުންގެ އަނގަޔާއި ނޭފަތުގައި އަޅުވަމުންދާ މާސްކުތަކަކީ ޞިއްޙީ ފަންނު ގައި ފާދަރުކަން ކުރާ ބޮޑުން އީމާންވާ ބޯދާ ޚުރާފީ ޚިޔާލީ ވިސްނުމަކާއި އަޤީދާއެއްގެ މައްޗަށް ކުރާ ކަމެއްކަން ހާމަ ވެއްޖެ އެވެ. ކޮވިޑް-19 އާއިއެކު މުޖްތަމަޢަށް ގެނައި ބޯދާ ޚިޔާލީ ވިސްނުންތަކާއި އެކު ގެނެވުނު ފުރަބަންދު ފަދަ އެކިއެކި ހަރުކަށި ޢަމަލުތަކުން ހާމަވެގެން މި ދިޔައީ ޞިއްޙީ ދާއިރާގެ އިތުބާރު ކުރެވޭ މަޤާމުތަކުގައި ތިބި ބައެއް ބޭކަލުންނާއި ބޭކަނބަލުންނަކީ އެބަޔަކު ޤަބޫލުކުރާ ޚުރާފީ ބޯދާ ޚިޔާލީ ވިސްނުމެއްގެ ސަބަބުން އެހެން އިންސާނުންގެ ފުދުންތެރިކަމާއި މިނިވަންކަމާއި ޒިންދަގީ ބަރުބާދުކޮށްލާނެ ފަދަ ނުރައްކާތެރި ޒަހަރެއް ފަދަ ބައެއް ކަމުގައި ވެދާނެ ކަމުގެ ފާޅުކަން ބޮޑު ހެއްކެކެވެ.
މާސްކު އެޅުމަކީ ޚުރާފީ ބޯދާ ވިސްނުމަކަށް ކުރާ ކަމަކަށްވީ ކީއްވެތޯ؟


“ކޮރޯނާ ވައިރަހާ ގުޅިގެން މާސްކު އެޅުމާއި ނޭޅުމާއި މެދު ސަރުކާރުގެ ޞިއްޙީ މާހިރުން ދަނީ އެކި ދުވަހު އެކި ގޮތްގޮތަށް އިރުޝާދު ބަދަލުކުރަމުން!” މި މައުޟޫއަށް ޓައިމްސް މެގަޒިންގައި 3 އޭޕްރީލް 2020 ގައި ޝާއިއުކޮށްފައިވާ ލިޔުމުގައި މާސްކުގެ ޚުރާފާތާއި މެދު އެމެރިކަން ފިޒިއޮލޮޖިކަލް އެސޯސިއޭޝަންގެ ސީނިއާ ޑިރެކްޓަރ އަދި ކްލިނިކަލް ފިޒިއޮލޮޖިސްޓް ޑރ. ލީން ބަފްކާ ވިދާޅުވި ބަސްފުޅު ގެންނަވައި ލިޔެފައިވެ އެވެ. “މިހާލަތުގައި، މާސްކު އެޅުމަކީ ޚުރާފީ ބޯދާ ސުލޫކެކެވެ. ކޮރޯނާ ވައިރަސް ނުވަރަ އެނޫން ވައިރަލް ބައްޔެއް ފެތުރިގެން އުޅޭ އިރު މީހަކު މާސްކެއް އަޅައިގެން ހުއްޓާ، އޭނާ އެބަލި ނުޖެހިއްޖެ ނަމަ، އޭނާ ރައްކައުތެރި ކުރިކުރުން މާސްކަށް ނިޞްބަތްކޮށް، މާސްކު އެޅުމާއިގެން ކުރިއަށް ގޮސްދާނެ އެވެ.”


އެމެރިކަން އިންސްޓިއުޓް ފޯ އެކޮނޮމިކް ރިސާޗް އިން ފުރަބަންދާ އުޞޫލީގޮތުން އިދިކޮޅު ހަރަކާތެއް ބޭނުންވޭ!” ބުނެ މި މައުޟޫޢަށް 9 އޮގަސްޓު ގައި 2020 ޝާއިއުކުރި ލިޔުމުގައި ލިޔެފައިވެ އެވެ. “އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި ފުރަބަންދުވެރިން ވަނީ އަނެކާއަކީ ޤަތުލުކޮށްލާ ފަދަ ނުރައްކާތެރި ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ދެކެންޖެހޭ ފަދަ އިޖްތިމާއީ ނިޒާމެއް އުފައްދާފައެވެ. މިކަމުގައި ބުއްދި ޤަބޫލުކުރަން އެންމެ ދަތި ކަމަކީ، އެހެން މީހަކާ 3 ފޫޓަށް ވުރެ ކައިރިވެވިއްޖެ ނަމަ، ކުއްލިއަކަށް ބައްޔެއް ފާޅުވެ ފެތުރިގެންދާނެ ކަމަށް މީހުން ޤަބޫލުކުރާ ޤަބޫލުކުރުމެވެ.”


ލިޔުންތެރިޔާ ވިދާޅުވެފައިވާ ފަދައިން މިއަދުގެ ކޮވިޑް މުޖްތަމަޢުގައި މިވަނީ ޞިއްޙަތު ސަލާމަތުން ހުރި އަނެއް އިންސާނާއަކީ ބިރުވެރި ނަޖިސް ބަޔޯ-ކެމިކަލް ހަތިޔާރެއް ފަދަ ނުރައްކާތެރި ފަރާތެއް ކަމުގައި ކޮންމެ ރައްޔިތަކަށް ވިސްނުވައިދީފަ އެވެ. ހަމަ އެޔާއެކު، ޞިއްޙީ ފަންނުގެ ބޮޑުންގެ ޚިޔާލާއި ވަޙުމަށް ކޮށްގެން އުޅޭ ބޯދާކަމުގައި ވެސް އަރާ ހުރި ސިހުރެއް ފަދަ އަނެއް ކަމަކީ ކޮވިޑް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި 6 ފޫޓު ނުވަތަ (ރާއްޖޭގައި 3 ފޫޓު) ދުރުމިން އެކަކު އަނެކަކާ ބެހެއްޓުމުގެ އިރުޝާދުގެ އަމުރެވެ.


މި ލިޔުމުގައި ލިޔުންތެރިޔާ މާސްކާ ބެހޭގޮތުން ވަރަށް މުހިންމު ވާހަކައަކަށް އިޝާރާތް ކޮށް ލިޔެފައިވެ އެވެ. މިނިވަންކަމުގެ އަޞްލުތަކާ ބެހޭގޮތުން ވާހަކަ ދައްކާ ހިނދު، މާސްކާ ބެހޭ ގޮތުން ވާހަކަ ދައްކާލަމާތޯ އެވެ. ދި ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން ގައި މާސްކަށް ‘ތަވީދެއް’ ގެ ނަން ދީފައިވާ ފަދައިން ސީދާ އެކަން އެހެން ވެއްޖެ އެވެ.


ލިޔުންތެރިޔާ އިޝާރާތް ކޮށްފައި އެވަނީ ކޮވިޑާއި ގުޅިގެން އެންމެހައި ރައްޔިތުން މާސްކު އެޅުވުމާ މެދު ޞިއްޙީ ޖާނަލް އެއް ކަމުގައިވާ ދި ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި 1 އޭޕްރީލް 2020 ގައި ނެރެފައިވާ ލިޔުމުގައި ބުނާ މި ވާހަކަ އެވެ. މާސްކަކީ ރަމްޒީ ދައުރެއް އަދާކުރާ އެއްޗެއްކަން ވަރަށް ސާފެވެ. މާސްކަކީ ހަމައެކަނި އާލާތެއް ނޫން އަދި އެއީ ހޮސްޕިޓަލުތަކަށް އޮތް އިތުބާރު ދަމަހައްޓައި ހެލްތު-ވޯކަރުންނަށް ރައްކައުތެރިކަމާއި ސަލާމަތްތެރިކަމުގެ އިހުސާސް ގެއްނުވައިދިނުމަށް އެހީވެދޭ ‘ތަވީދު’ ތަކެކެވެ. މިފަދަ ކަންކަމަކީ ސީދާ (އޭގެ ބޭނުން) ބުއްދިން ވިސްނޭ ކަމެއް ކަމުގައި ނުވިއަސް، މިފަދަ ކާރިސާއެއްގެ ދަނޑިވަޅެއްގައި އަހަރެމެން އެންމެނަކީ ބިރުވެރިކަމާއި ހާސްކަމަށް ހުށައެޅިފައި ވެދާނެ ބައެކެވެ.”

ތަވީދަކީ އެއެއްޗެއް އެޅުމާއި ސަބަބުތަކާއި ކަންކަން މެދުވެރިވުމާއި ގުޅުމެއް ވާކަމުގައި ދެކޭ ނުބައި ދެކުމެއްގެ ސަބަބުން މީހުން އަޅައި އުޅޭ އެއްޗެކެވެ. މާސްކު ފަދައިން ވައަތް ފަރާތުން ތިފެންނަނީވެސް ފޮތިކޮޅެކެވެ. ފޮއްޗަކީ އޭގެ ޒާތުގައި ތަވީދެއް ނޫނެވެ. އެހެނަސް، އެވެސް ތަވީދަކަށް ވަނީ އެ ބޭނުންކުރާ ބޭނުމެއްގެ ގޮތުން ނެވެ. ތަވީދު ތަވީދަކަށް ވަނީ އެ އަޅާ އެއްޗަކާއި، އޭނަ އެކަމަކަށްޓަކައި އެ އެޅިކަމާއި އެއްވެސް ގުޅުމެއް އަދި އަސަރުކުރުމެއް ނެތް ހާލުގައި އަޅާ އެއްޗަކަށް ވާތީ އެވެ. ތަވީދަކީ އެއީ އެއްވެސް ގެއްލުމަކުން ސަލާމަތްކުރާނެ ސަބަބެއް ނުވަތަ އެއިން މަންފާއެއް ކުރާނެ ސަބަބެއް އޭގައި އެކުލެވިގެންވާ އެއްޗެއް ނޫނެވެ. މާސްކުވެސް، މި އަޅަނީ ކޮވިޑް ބަލިން ރައްކާތެރި ކޮށްދޭނެ ކަމުގެ ބޯދާ ޚިޔާލީ ވިސްނުމެއްގަ އެވެ. އެހެނަސް، މާސްކާއި ކޮވިޑުން ރައްކާތެރި ވުމާއި އެއްވެސް ގުޅުމެއް ނެތެވެ. އެހެންކަމުން، މާސްކަކީ ޞިއްޙީ ދާއިރާއަށް ނިސްބަތްވާ ބޮޑުން އިސްވެ އަހަރެމެންގެ އަނގަޔާއި ނޭފަތުގައި މަޖުބޫރުކޮށްގެން އަޅުވާފައިވާ ހަޤީޤީ ތަވީދެކެވެ.


ބަލި މީހުންނާއި ޞިއްޙަތު ސަލާމަތުން ތިބި މީހުން އެކުއެކީ މާސްކު އެޅުވުމާ ދެކޮޅަށް ޑަބްލިއުއެޗްއޯ އަދި ޞިއްޙީ ދާއިރާގެ ބޮޑުން ވާހަކަ ދެއްކި ދުވަސްވަރު، މާސްކަކީ ކޮވިޑުން ރައްކައުތެރިކޮށް ދޭނެ ޖާދޫ އެއް ފަދަ އެއްޗެއް ނޫން ކަމުގައި ބުނެ އޭރު ރާއްޖޭގެ ޞިއްޙީ ދާއިރާގެ ބޮޑުން ވާހަކަ ދައްކާފައިވެ އެވެ. 3 މާރޗް 2020 ގައި މަޝްހޫރު ނަޒްލާ ރަފީޤް ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް “ޖާދޫގެ މާސްކު (އަޅައިގެން) ނުވަތަ މުޢުޖިޒާތެއް ފަދަ ފަރުވާއެއް (ކޮވިޑަށް) އޮތް ކަމުގައި ބުނާ ދޮގުވެރި ހީލަތްތެރި (ހޯކްސް) މެސެޖަށް ހެއްލިގެން ނުދޭ” އެވެ. އޭރު މިބޭފުޅުން ދެއްކެވި ވާހަކަތަށް މިއަދު މިވަނީ މުޅިން އެހެން މިސްރާބަކަށް ގޮސްފަ އެވެ.

އޭރު ރާއްޖޭގައި ފަތު އަޑު ކިޔާފައި ވިއްކަމުންދިޔަ ސާޖިކަލް މާސްކު ފޮށީގެ ބޭރު ގަނޑުގައި ބޮޑުއަކުރުން ލިޔެފައިއޮތީ ކީކޭތޯ އެކަކުވެސް ކިޔާލި ހަނދާންވޭތޯ އެވެ. މާސްކު ފޮށީގައި ބޮޑުއަކުރުން ލިޔެފައި އޮތީ “އިންޒާރު: މި އުފެއްދުމަކީ ކަންފަތުގައި ދޫކޮށް އެއްސުމަށް ތައްޔާރުކޮށްފައިވާ މާސްކެކެވެ. މިއީ (ނޭފަތާއި އަނގަ ފުރިހަމައަށް ބަންދުކުރާ) ރެސްޕިރޭޓަރެއް ނޫނެވެ. މިއިން ކޮވިޑް-19 (ކޮރޯނާ ވައިރަސް) އިން އެއްވެސް ރައްކައުތެރިކަމެއް ފޯރުކޮށް ނުދޭނެ އެވެ. ނުވަތަ އެހެން ވައިރަސް ކޮންޓަމިނެންޓްސްއިން ވެސް ރައްކައުތެރިކަމެއް ފޯރުކޮށް ނުދޭނެ އެވެ.” މިއަދު، މިވާހަކަވެސް ނެތްވާހަކަ އަކަށް ހަދައި ތާރީޚުގެ ތެރެއަށް ލައި ފަސް އަޅާލަންވީތޯ އެވެ؟ ސިއްޙީ ދާއިރާގެ ބޮޑުން ދައްކާ ޚުރާފީ ވާހަކަތަކުގެ ދެކޮޅު ދިމާނުވާއިރުވެސް، ‘އާދެ މަ ޞާހިބު’ ކިޔައިގެން އެވާހަކަތަކަށް އީމާންވެ އަދިވެސް ތިބެންވީތޯ އެވެ؟ ނުވަތަ އެންމެ ކުޑަމިނުން ސުވާލު ކޮށްލުންވެސް ނެތީތޯ އެވެ؟

އަނގަޔާއި ނޭފަތުގައި މާސްކު އެޅުމާ މެދު ފަންނީ މާހިރުންނާއި ޞިއްޙީ ޖާނަލްތަކުގައި ނެރެފައިވާ ފަންނީ ދިރާސާތަކަށް ބަލާލުމެއް!


މާސްކު އެޅުމުގެ ބޭނުންތެރިކަން ވިސްނުވައިދޭން އެތަކެއް ފޭކް ސުޑޯސައިންސުގެ ދެއުޅިއެއްނުވާ އޮއްޓަރެއް ނެތް ދިރާސާ ޕޭޕަރުތައް ނެރެފައިވެ އެވެ. މިފަދަ ދެއުޅިއެއް ނުވާ ވާހަކަތަކާއި ޕޭޕަރުތަކުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަވާން އެބަ ޖެހެ އެވެ. ވައަތް ފަރާތުން އެ ފެންނަނީ ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ޑރ. ޔޫސުފް ޝާން “މާސްކު އެޅުމުން ކޮވިޑު ފެތުރުން ހުއްޓުވާ ގޮތް ދައްކައިދިނުމަށް” ފޭސްބުކް ގައި ޖަހާފައިވާ އެފަދަ އޮއްޓަރެއް ނެތް ވާހަކަ އެވެ. މި ފޮޓޯއިން އެ ދައްކުވައި ދެނީ ކެއްސައި ކިނބިހި އަޅާ އިރު މާސްކު އަޅައިގެން ހުންނަ އިރާއި އަދި ނާޅާ ހުންނަ އިރު ރޯގާ އާއި ކުޅުގެ ދިޔަތައް ކޮންޓްރޯލްވާ ގޮތް ދައްކުވައިދޭ މަންޒަރެވެ. މިއީ މާސްކު އަޅުވަން މަސައްކަތް ކުރާ އެންމެންގެ ބޭސިކް އާގިއުމެންޓެވެ. މިހެން މި ފޮޓޯ ޖަހާފައި ހުއްޓަސް ކިބިއްސެއް އަޅަންޏާ މާސްކަށް އެ ކިނބިހި އަޅާ މީހުން ވަރަށް މަދުވާނެ އެވެ. ޑރ. ޔޫސުފް ޝާން ވެސް އަމިއްލަފުޅަށް މާސްކަށް ކިބިހި އަޅާ ހައްދަވާނެ ކަމަށް އަޅުގަނޑުމެން ނުދެކެމެވެ. މޫނުގައި ފޮތިކޮޅެއް އެޅުމުން ޑްރޮޕްލެޓް ހުއްޓުވޭކަން އެންމެންވެސް ދަނެވެ. އެކަން ދަނެގަތުމަށް ކޮންމެހެން ސައިންސުވެރިއަކަށް ވާކަށް ނުޖެހެ އެވެ. އެހެނަސް، ސައިންސާއި ދުނިޔަވީ މާއްދީ ހަޤީޤަތްތަކުގެ މައްޗަށް ލޯ ހުޅުވިފައިވާ ކޮންމެ މީހަކުމެ، މިއަށްވުރެ ކުރިން ކުރަން ޖެހޭ ސުވާލެއް އެބަ އޮތެވެ. އެބުނާ ޑްރޮޕްލެޓަކީ އޭގައި ބަލި ޖައްސާ މާއްދާއެއް އޮތް އެއްޗެއްކަން ސާބިތު ކޮށްފިންތޯ އެވެ؟ އަދި އެ ޑްރޮޕްލެޓް ގެ ޒަރީއާއިން އަނެކާގެ ހަށިގަނޑަށް ބަލި ވާޞިލްވާކަން ސައިންސާއި މާއްދީ ހެކި ތަކުގެ އަލީގައި ސާބިތު ކޮށްފިންތޯ އެވެ؟ އެކަމުގެ ފަންނީ ދިރާސާ އަކީ ކޮބައިތޯ އެވެ؟ މިއަދާ ހަމައަށް މީގެ އެއްވެސް ކަމެއް ކޮށްފައި ނެތް އިރު، މިފަދަ ހަޤީޤީ ދިރާސާއެއް ނެތި ސިއްޙީ ދާއިރާއަށް ނިޞްބަތްވާ ފާދަރު ކޮންމެ ބޭފުޅަކުވެސް ލޯ މަރާފައި މި ބުނަނީ ޑްރޮޕްލެޓް ކުޑަ ކުރަން ގެއްލުން ދެނިވި ނޭވާ ހާސްކުރުވާ މާސްކު ނޭފަތާއި އަނގަ މަތީގައި އަޅުވާ ވާހަކަ އެވެ. ޑްރޮޕްލެޓަކީ ކޮވިޑް ބަލި ފަތުރާ ވަޞީލަތެއްކަން ސާބިތުކުރުމަށް ހަދާފައިވާ ފަންނީ ދިރާސާ އޮތީ ކޮންތާކު، ކޮން ކައްވަޅެއް ގައި ވަޅުލާފައި ހެއްޔެވެ؟ ފުރަތަމަ އެވާހަކަ ކިޔައިދެއްވަ ބައްލަވާށެވެ.

އެމެރިކާގެ ސީޑީސީ: 31 ޖުލައި 2020 ގައި އެމެރިކާގެ ސީޑީސީން ކޮވިޑާއި ގުޅިގެން އެބޭފުޅުންގެ ވެބްސައިޓްގައި ނެރެފައިވާ ޢާންމު ޞިއްޙަތުގެ އިރުޝާދުގައި ބުނެފައިވަނީ މިފަދައިން ނެވެ. ޢަލާމާތްތައް ހުރި ނުވަތަ ނެތް ބަލި މީހަކަށް ހުށައެޅުނު ކޮންޓެކްޓަކަށް މާސްކުން ބަލިން ރައްކައުތެރި ކޮށްދޭނެ ކަމުގެ މައްޗަށް އޮތީ ވަރަށް މަދު މަޢުލޫމާތުތަކެކެވެ.”

ބޭރަށް ލާ ނޭވާއިން ކޮވިޑް ބަލި ބޭރުކޮށް، އެތެރެކުރާ ނޭވާއިން ބަލި ޖައްސުވައި ބަލި ފަތުރާކަން ސައިންސާއި ފަންނީ ދިރާސާތަކުގެ އަލީގައި ސާބިތުކުރެވިފައި ނުވާނަމަ، މާސްކާއި މެދު ޑޮކްޓަރުން ދައްކާ މިފަދަ އޮއްޓަރެއް ނެތް ވާހަކަތަކާއި، ސިއްޙީ ޖާނަލްތަކުގައި ނެރެފައިވާ އެފަދަ ދެއުޅިއެއްނުވާ ހޯދުންތަކަކީ ހަޤީޤަތުގައި އެއްވެސް މާނައެއް ނެތް ބޭކާރު އެއްޗެހި ތަކެކެވެ. މިފަދަ ވާހަކަތަކާއި އެފަދަ ދިރާސާ ޕޭޕަރުތަކަކީ ކޮވިޑް-19 ޚިޔާނާތް އިތުރަށް ފޮރުވަން ނެރެގެން އުޅޭ ޕޭޕަރުތަކެއް ކަމުގައި ނޫނީ ނުވެ އެވެ.


މި ސަބަބަށްޓަކައި “މާސްކުގެ ބޭނުންތެރިކަމުގެ މައްޗަށް ނެރެފައިވާ ފަންނީ ހޯދުންތަކަށް އިތުބާރު ކުރެވެން ނެތީ ކީއްވެގެންތޯ؟” ބަޔާންކޮށް މެޑިކަލް ޑޮކްޓަރު ޑރ. ތޯމަސް ކޮވަން 28 ޖުލައި 2020 ގައި ލިޔުނު ލިޔުމުގައި އެބޭފުޅާ ވިދާޅުވެފައިވެ އެވެ.

ޑރ. ތޯމަސް ކޮވަން، އެމްޑީ: “ބޭރަށްލާ ނޭވާއިން ބަލި ފެތުރޭކަން (ސައިންސުގެ އަލީގައި) ސާބިތުކުރެވިފައި ނުވާނަމަ، މާސްކާ މެދު ހޯދާފައިވާ އެންމެހާ ހޯދުންތަކަކީ އެވެސް މާނައެއް ނެތް ހޯދުންތަކެކެވެ.”

މި ލިޔުމުގައި ޑރ. ތޯމަސް ކޮވަން ވަނީ އޭޕްރީލް 2020 ގައި ނޭޗާ މެގަޒިން ގައި ޝާއިއުކޮށްފައިވާ މިފަދަ ހީލަތްތެރި މަކަރުވެރި ފަންނީ ދިރާސާއެއްގެ ހަޤީޤަތް ހާމަކޮށްދީފަ އެވެ. މި ދިރާސާގައި މާސްކު އެޅުވުމަށް ވަކާލާތުކޮށްފައިވާ ހިނދު، މި ދިރާސާ ގައި ބަޔާންކުރަން އުޅޭ ކަންތައްތައް ދިރާސާ އޭގެ ޒާތުގައި ތައާރުޟުވާކަން ވެސް ޑރ. ތޯމަސް ކޮވަން ހާމަކޮށްދީފައިވެ އެވެ.

ނޭޗާ މެގެޒިންގެ ދިރާސާ: “އިންފުލުއެންޒާ ވައިރަސް އަދި ކޮރޯނާ ވައިރަސް އިންފެކްޝަން ހުރި ގިނަ ބަލި މީހުން އެމީހުންގެ ރެސްޕިރޭޓްރީ (ނޭވާލުމުގެ ނިޒާމުން ބޭރުކުރާ) ޑްރޮޕްލެޓްސް ނުވަތަ އެރެސޯލް (ދިޔާ ކުދި ޕާޓިކަލް) ތަކުން ހޯދާލެވޭފަދަ ވައިރަސްތައް ބޭރުކޮށްފައި ނުވެ އެވެ.”

“މި ހޯދުމުގެ އަނެއް އުނި ކަމަކީ، ބޭރުކުރާ ނޭވާއިން ފެނިފައިވާ ކޮރޯނާ ވައިރަސް ނުވަތަ ރައިނޯވައިރަސްގެ ބަލިޖެއްސުމުގެ ބާރު (އިންފެކްޝިއަސްކަން) އަހަރެމެން ޔަޤީން ނުކުރަމެވެ.”

މި ބަޔާނުންވެސް އެނގިގެން ދަނީ ނޭވާލާ ނިޒާމުން ބޭރުވާ ދިޔަ (ޑްރޮޕްލެޓްސް އަދި އެރޮސޮލް) ޒައްރުތަކުން ބައެއް ޒައްރުތަކުގައި އެބުނާ ވައިރަހެއް ފެނުނީ ވަރަށް މަދު މީހެއްގެ ކިބައިން ކަމެވެ. އަދި އެ ބޭރުކުރި ވައިރަހޭ މިކިޔުނު އެއްޗަކީ އިންފެކްޝިއަސް ނުވަތަ ބަލިޖައްސައި ބަލި ފަތުރާ އެއްޗެއް ކަމެއް މި މީހުންވެސް ހޯދާފައިނުވެ އެވެ. މާ ކުރީއްސުރެ އެއީ ބަލި ޖައްސާ މާއްދާއެއް ކަމުގައި މި މީހުންގެ ޚިޔާލީ ދުނިޔޭގައި މި މީހުންތިބީ ދެކި އީމާންވެ ޤަބޫލުކޮށްގެނެވެ. އެއަށްފަހު، އެ ޚިޔާލީ ފޮލައަށް އީމާންވެ އެކިއެކި އަނިޔާވެރި ކުޅިވަރު ކުޅެން ފެއްޓި އެވެ. މިއީ ފުރަތަމަ ކަމެވެ.


ދެވަނަ ކަމަކީ މާސްކު އެޅުމުން އިންފުލުއެންޒާ، ކޮރޯނާ ފަދަ ރޯގާތަކުން ރައްކައުތެރިވެގެން ނުވާކަމަށް ޚުދު އެތަކެއް ރެންޑޮމައިޒްޑް ކޮންޓްރޯލްޑް ޓްރްއެލްސް ތަކުގެ މައްޗަށް ނެރެފައިވާ ދިރާސާތައް އެހުރީ ސާފުބަހުން ލިޔެ ނެރެ އެންމެނަށް ފެންނާނެ ފަދައިން ނެވެ.

ޖާނަލް އޮފް އިންފްލުއެންޒާ އެންޑް އަދަރ ރެސްޕިރޭޓޮރީ ވައިރަސެސް: 17 ދިރާސާއެއްގެ މެޓަ އެނެލިސިސް (ދިރާސާތަކުގެ ތަފާސްހިސާބުތަކުގެ ޑޭޓާ ޖަމަޢަކޮށް ދިރާސާ) ކޮށް މާސްކު އެޅުމާ އިންފުލުއެންޒާ ފެތުރުމަށް ކުރާ އަސާރާ ބެހޭ ގޮތުން ހެދި 2011 ގެ މި ދިރާސާއިން ދައްކާ ގޮތުންއިންފްލުއެންޒާ އިންފެކްޝަނުން ރައްކައުތެރިވުމާ އަދި މާސްކު/ރެސްޕިރޭޓާ ބޭނުންކުރުމާ އޮތް ގުޅުން ޤާއިމްކޮށް ނިންމާފައި އެއްވެސް ދިރާސާ އަކުން ނުވެ އެވެ.”
ނޯޓް: މި ހޯދުމަކީ ރެންޑޮމައިޒްޑް ކޮންޓްރޯލްޑް ޓްރްއެލްސްތަކުގެ މައްޗަށް ސިސްޓެމެޓިކް ގޮތެއްގައި ރިވިއުކޮށް ހަދާފައިވާ ފަންނީ ދިރާސާ އެކެވެ. މި ދިރާސާގައި ސައިންސުގެ އެންމެ މަތީ ފަންތީގެ ހެކި އެކުލެވިގެންވެ އެވެ. މި ހޯދުމަކީ ސަރުކާރުގެ އެކްސްޕާޓް އޮޕީނިއަން އާއި އޮޑިޓޯރިއަލްސް ތަކާއި، ނެރޭޓިވް ތަކާއި، މުއައްސަސާތަކުގެ ބަސްތަކުގެ މައްޗަށް ހެކީގެ ގޮތުން އެތައް ލެވެލެއް އިސްވެގެންވާ ފަންނީ ދިރާސާ އެކެވެ.

އެމެރިކަން ޖާނަލް އޮފް އިންފެކްޝަން ކޮންޓްރޯލް: ފޭސްމާސްކު އަޅާ މީހުންނާއި ނާޅާ މީހުންނާއި އާޅާކިޔައި ހަދާފައިވާ މި 2008 ގެ ރެންޑޮމައިޒްޑް ކޮންޓްރޯލްޑް ޓްރެއަލް ދިރާސާއިން ދައްކާގޮތުން ފޭސްމާސްކު އެޅުމަކުން ޢާންމު ރޯގާއިން ހެލްތުކެއާ ވޯކަރުން ރައްކައުތެރިވެފައި ނެތް ކަން ވަނީ ހޯދިފައެވެ.
“ހެލްތުކެއާރ ވޯކަރުން ފޭސް މާސްކު ބޭނުންކުރުމާ ގުޅިގެން ރޯގާގެ ޢަލާމާތްތައް ނުވަތަ ރޯގާ ޖެހުމާ ގުޅިގެން (އެކަން ހުއްޓުވަން) ކުރި ފައިދާއެއް ފާޅުކުރެވިފައި ނުވެ އެވެ. މި ފަންނީ ހޯދުން ކުރިއަށް ގެންދިޔަ ދުވަސްކޮޅު މާސްކު އަޅައިގެން ތިބި މީހުންގެ ގުރޫޕް (މާސްކު ނާޅާ މީހުންގެ ގުރޫޕަށް ވުރެ) ބޮލުގެ ރިހުން ބޮޑަށް ތަޖުރިބާ ކުރިއެވެ.”

ޖާނަލް އޮފް ދި އެމެރިކަން މެޑިކަލް އެސޯސިއޭޝަން (ޖޭ.އޭ.އެމް.އޭ): “ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަނަކުން ރައްކައުތެރިވުމަށްޓަކައި (ކަމުގައި ބުނެ) ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި ފަރާތްތަކުން ފޭސް މާސްކު އަޅައިގެން ނުވާނެ އެވެ. ސަބަބަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި މީހުން އަޅާ ފޭސް މާސްކަކުން އެ މީހުން ބަލި ޖެހުމުން ދުރުކޮށްދީ ރައްކައުތެރިކޮށްދޭނެ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.”

ދި ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން: “އަހަރެމެންނަށް އެނގޭ ގޮތުގައި ހެލްތުކެއާރ ފެސިލިޓީތަކުގެ ބޭރުގައި މާސްކު އެޅުމުން، އިންފެކްޝަނުން ރައްކައުތެރިވުން ވަރަށް ކުޑަ ނުވަތަ އެއްވެސް ރައްކައުތެރިކަމެއް އެއިން ލިބި ނުދެ އެވެ.”

ާނަލް އޮފް އެޕިޑިމިއޮލޮޖީ އެންޑް އިންފެކްޝަން: އިންފުލުއެންޒާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ފޭސް މާސްކު ބޭނުންކުރުމުގެ މައްޗަށް ހަދާފައިވާ ސިސްޓަމެޓިކް ރިވިއުއެއް ގައި ބުނެފައިވެ އެވެ. “(އިންފްލުއެންޒާ) އިންފެކްޝަން މެދުވެރިވުން ކުޑަ ކުރުމަށްޓަކައި ފޭސްމާސްކު ބޭނުންކުރުމުން މަސައްކަތްކުރާ ކަމަށް ތާއީދުކޮށް އޮތީ ވަރަށް ކުޑަ ހެއްކެކެވެ.”

މެޑްއާކައިވް ޕްރީޕްރިންޓް ހޯދުން: “މާސްކު ނޭޅުމާ (އެޅުމާ) އަޅާ ކިޔާލި އިރު، ހެލްތު ވޯކަރުންނާއި، ޢާންމު ރައްޔިތުން މާސްކު އެޅުމުން އިންފްލުއެންޒާ ރޯގާ ނުވަތަ އިންފްލުއެންޒާ އާއި ވައްތަރު ކޭސްތައް އެމީހުންގެ ތެރޭގައި ވަކި ދަށްވެފައި ނުވެ އެވެ.”

ޖޭއޭއެމްއޭ ޖާނަލް: 2862 ބައިވެރިއެއްގެ މައްޗަށް ހެދި މި 2019 ވަނަ އަހަރުގެ ދިރާސާއިން ދެއްކި ގޮތުން އެން95 ރެސްޕިރޭޓާސް އަދި ސާޖިކަލް މާސްކުން “އިންފްލުއެންޒާގެ ލެބޯޓަރީ ކޮންފާމްޑް ކޭސްތަކުގެ ފާހަގަކޮށްލެވޭ ތަފާތެއް ނުދައްކަ އެވެ.”

މާސްކަކީ އަމިއްލަ ޞިއްޙަތަށް ރައްކައުތެރި އެއްޗެއްތޯ؟

ދިރާސާ: ފޮތި އަދި ސާޖިކަލް މާސްކު ފޫއަޅުވާލާފައި ކޮވިޑް ވައިރަސް ޕާޓިކަލްއޭ މިކިޔާ އެއްޗެއް ނުކުމެގެންދޭ!

އަނަލްސް އޮފް އިންޓާނަލް މެޑިސިން: ކެއްސާއިރު ސާރސްކޮވް-2 ޕާޓިކަލްތައް މާސްކު ފޫ އަޅުވާލާފައި އަނެއް ފަރާތަށް ދޭތޯ ބެލުމަށް ހެދި ދިރާސާއިން ދެއްކީ “ބަލި ޖެހިފައި ތިބި މީހުން ކެއްސާއިރު ސާރސްކޮވް 2 ބޮލޮކް ކުރާނެ ފިލްޓަރެއްގެ ގޮތުގައި ސާޖިކަލް މާއްސާއި ކޮޓޮން މާސްކެއް މަސައްކަތް ނުކުރި އެވެ.” އަދި މާސްކަށްވުރެ މާސްކުން ބޭރުގައި ވައިރަލް ޕާޓިކަލްތައް ގިނައިން ހުރިތަން ފެނުނެވެ.

ބީއެމްޖޭ ޖާނަލްސް: ފޮތި މާސްކު އެޅެން އިންފުލުއެންޒާ ވައްތަރު ބަލިތައް ޖެހުނު ރޭޓް ފުދޭވަރަކަށް ގިނަ އެވެ. ވައިރަލް ޕާޓިކަލްތައް ފޮތި މާސްކެއް ފޫއަޅުވައި %97 ނުކުމެ އެވެ.”

ދިރާސާ: މާސްކު އަޅައިގެން ހުންނަ އިރު އޭގެ ކައިރި ފަށުގައި ހުންނަ ލީކޭޖް ބައިތަކުން ކޮންމެ އެއްޗެއްވެސް ބޭރުވެގެން ހިނގައިދާނެ!

އާކައިވް ޕްރީޕްރިންޓް: “މާސްކުގެ ތިރިއަށާއި ފަހަތަށް ހުންނަ ނުރައްކާތެރި ލީކޭޖް ޖެޓް ތަކުން އެއްޗެހިތައް އެތައް މީޓަރެއްގެ ދުރުމިނަށް ބޭރުކުރެ އެވެ.”

ދިރާސާ: މާސްކަކީ ވައިރަސް ޖަމަޢަވެފައިވާ ހާއްޔެއް އަދި ސާޖިކަލް މާސްކަށް ވުރެ ފޮތި މާސްކުގައި ވައިރަސް ޕާޓިކަލްތައް ގިނަ!

(ބީއެމްޖޭ) ބްރިޓިޝް މެޑިކަލް ޖާނަލް: “ލެބޯޓަރީ އިން ޔަޤީން ކުރެވިފައިވާ ވައިރަސް ފޮތި މާސްކުގައި ފުދޭވަރަކަށް ގިނަ އެވެ. މި ފަންނީ ދިރާސާ އަކީ ފޮތި މާސްކުގެ މައްޗަށް ހެދުނު އެންމެ ފުރަތަމަ ރެންޑޮމައިޒްޑް ކޮންޓްރޯލްޑް ޓްރްއެލް އެވެ. އަދި ނަތީޖާ ދެއްކީ ފޮތިމާސްކު ބޭނުން ކުރުމުގެ މައްޗަށް ސަމާލުވެތިބުމަށެވެ. ވަޒީފާ އަދާ ކުރާ މީހުންގެ ޞިއްޙަތާއި ރައްކާތެރިކަމުގައި އުޅުއްވާ ފަރާތްތަކަށް މި ހޯދުން އަންގައިދިނުން މުހިންމެވެ. ތެތްކަން ހަރުލާފައި ހުރުމާއި، ދެވަނަ ފަހަރަށް ފޮތި މާސްކު ބޭނުން ކުރުމާއި، ފިލްޓަރު ކުރާމިންވަރު ނިކަމެތިކަމުގެ ނަތީޖާއެއްގެ ގޮތުން އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުކޮށްދެ އެވެ.”

ދިރާސާ: މާސްކު އެޅުމުން ހަށިގަނޑުގެ ލޭގައި ކާބަންޑައޮކްސައިޑް ލެވެލް މަތިކޮށް އެސިޑޮސިސް މެދުވެރިކުރޭ!


ރެސްޕިރޯޓޮރީ އެސިޑޮސިސް އަކީ ހަށިގަނޑުގައި ކާބަން ޑައިއޮކްސައިޑް (CO2) ލެވެލް މަތިވުމުގެ ސަބަބުން ލޭގައި އެސިޑް ލެވެލް މަތިވުމެވެ. ‘ސީއޯޓޫ’ ނުވަތަ ކާބަން ޑައިއޮކްސައިޑް އަކީ ޞިއްޙަތު ސަލާމަތުން ހުންނަ ޢާންމު ކޮންމެ މީހެއްގެ ނޭވާލާ ނިޒާމުން ނޭވާ ބޭރަށް ލާއިރު ބޭރުކުރާ ހަށިގަނޑަށް ބޭކާރު ކުނި ގޭހެވެ. މާސްކު އެޅުމުން އޮކްސިޖަންގެ ބަދަލުގައި މި ގޭސް ހަށިގަނޑަށް އަބުރާ އެތެރެ ކުރުމަކީ ހަށިގަނޑުގެ ޕީއެޗް ބެލެންސް ގެއްލި މީހާ ވިހަ ކުރާނެ ކަމެކެވެ. ރެސްޕިރޭޓަރީ އެސިޑޮސިސްގެ ޢަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ހާސްވުން، ނޭވާލާން އުދަނގޫވުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ ފަރުވާ އަކީ ސާފު އޮކްސިޖަން ހަށިގަނޑަށް އެތެރެ ކުރުމުވެ.

ރެސްޕިރޭޓޮރީ އެސޮޑިސިސް: “ރެސްޕިރޭޓޮރީ އެސިޑޮސިސް މެދުވެރިވަނީ ފުއްޕާމެއިން ވައި އެތެރެކޮށް ބޭރުކުރާއިރު، ކާބޮން ޑައިއޮކްސައިޑް އާއޮ އޮކްސިޖެން އެކަތި އަނެއްކައްޗާއި ބަދަލު ކުރުން ވައިގެ ޒަރީޢާއިން ފުރިހަމަ ގޮތުގައި ކުރިއަށް ނުދާތީ އެވެ.”

ދިރާސާ: ގިނަ ވަގުތު މާސްކު އަޅައިގެން ހުރުމުން ލޭގެ އޮކްސިޖަން ލެވެލް ދަށްވޭ!

ޖާނަލް އޮފް ނިއުރޯސާޖަރީ: “ބޮޑެތި ސާޖަރީތަށް ކުރިއަށް ގެންދިޔައިރު ސާޖިކަލް މާސްކުން ޑިއޮކްސިޖެނޭޝަން (އޮކްސިޖަން ދަށްކޮށް ނެތިކުރުން) މެދުވެރިކުރިކަމަށް އޮތް ޕްރިލިމިނަރީ ރިޕޯޓް” މި މައުޟޫއަށް ނެރެފައިވާ ފަންނީ ހޯދުމުގައި ބުނެފައިވަނީ މިފަދައިން ނެވެ. “އަހަރުމެންގެ ހޯދުމުން ދެއްކީ ހިތުން ގުނަވްނަތަކަށް އޮކްސިޖަން ފޯރުކޮށްދޭ ނާރުތަކުގައި ހީމޯގްލޮބިން އާއެކު އޮކްސިޖަން އެކުލެވިފައިވާ މިންވަރު (ނުވަތަ Sp02) ދަށްވި ކަމެވެ.” (19 އޭޕްރީލް 2008)

ދިރާސާ: މާސްކު އެޅުމަކީ ބޮލުގައި ރިއްސުން މެދުވެރިކޮށް އެކަން ބޮޑުކުރާ ކަމެއް!

ހެޑްއޭކް ޖާނަލް: “(އެން95 ފަދަ) ޕީޕީއީ (ޕާސަނަލް ޕްރޮޓެކްޓިވް އެކިއުޕްމެންޓް) ބޭނުންކުރަން ފެށުމާކު ގިނަ ހެލްތު ވޯކަރުންނަށް ބޮލުގެ ރިހުން ގެނުވި އެވެ. ނުވަތަ ކުރިން ހުރި ބޮލުގެ ރިހުމުގެ އުނދަގޫތައް އިތުރަށް ބޮޑުވަރު ކުރި އެވެ.”

ދިރާސާ: ޢަލާމާތްތައް ނުފެންނަ ކޮވިޑަށް ފައްސިވި މީހުނާއި ކައިރިވެ އުޅުނު އެތައް ބަޔަކު ޓެސްޓުކުރުމުން ކޮވިޑަށް ފައްސިވެފައި ނެތް! 13 މެއި 2020 ގައި، ޝާއިއުކޮށްފައިވާ އެސިމްޓޮމެޓިކް (ނުވަތަ ބަލީގެ އަލާމާތްތައް ނުފެންނަ) މީހުންގެ ފަރާތުން ބަލި އަނެކާ ގަޔަށް އެރުމާ ގުޅޭ ގޮތުން ހެދި ސްޓަޑީ ގައި ކައިރިވެ އުޅުނު 455 މީހުން ބަލާ ޓެސްޓު ކުރި އިރު މިއިން އެކަކުވެސް ބަލި ޖެހިފައި ނުވެ އެވެ.


ދިރާސާ: މާސްކު އަޅައިގެން ހުރެ ހިނގުމާއި ކަސްރަތުކުރުމަކީ ވަރަށް ފަސޭހައިން ނޭވާ ކުރުކޮށް މީހާ ބަލިކޮށްލާ ކަމެއް! މި ރެންޑޮމައިޒްޑް ކޮންޓްރޯލްޑް ޓްރްއެލް ދިރާސާގައި ހޯދާފައިވާ ގޮތުން ސާޖިކަލް މާސްކު އަޅައިގެން ހުރެ 6 މިނެޓުގެ މުއްދަތަށް ހިނގާލުމުން މާސްކު ނާޅާ އުޅުނު މީހުންނަށްވުރެ އެތައް ގުނައެއް ނޭވާ ކުރުވުން (ޑިސްޕްނިއާ) މެދުވެރި ކުރި ވަރު ބޮޑު ކުރި އެވެ.

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ރިވިއު ޖާނަލް: “ހިނގި ދުރުމިނަށް ބެލުމެއް ނެތި ސާޖިކަލް މާސްކެއް އެޅުމުން ކްލިނިކަލްކޮށް ނޭވާކުރުވުމަށް ބޮޑު ބަދަލެއް ގެނަ އެވެ.”

ރާއްޖޭގައި ކަސްތަރު ކުރާ މީހުން މާސްކު އެޅުމުން އިސްތިސްނާ ކުރަނީ ޑަބްލިއުއެޗްއޯގެ މި ފަދަ އެންގުމަކަށް ބަރޯސާ ވެގެން ކަމުގައިވާ އިރު، ހިނގާފައި މަގުމަތީގައި އުޅޭ މީހުންނަށްވެސް ކަސްރަތު ކުރާ މީހުންނެކޭ އެއްފަދައިން އެ އުޞޫލަށް ޢަމަލު ނުކުރެވުމަކީ ވަރަށް ވެސް ދެކޮޅު ނުޖެހޭ ހިތާމަ ހުރި ކަމެކެވެ.

ދިރާސާ: އާއިލާގެ މީހުންނާއި އެކު މާސްކު ނާޅާ ގައިދުރުކަމެއް ނެތި އުޅުނު އިރުވެސް ބަލި ޖެހިފައި ނެތް އެތައް ބައެއް!
އިންޑިއަން އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން ހެދި ”ގްލޯބަލް ލިޓްރެޗާ ރިވިއު“ އިން ދައްކާ ގޮތުގައި ކޮވިޑް-19 (މިކިޔުނު) ބަލި ޖެހިފައިވާ މީހުންގެ އާއިލީ މެންބަރުންގެ ތެރެއިން %80-90 މީހުންނަށް ބަލި ނުޖެހެ އެވެ. އެއީ އާއިލީ މީހުންނާއި އެކު ސޯޝިއަލް ޑިސްޓެންސިން އެއް ނެތި އުޅޭ އިރުވެސް އަދި މާސްކު ނާޅާ އުޅުމުން ވެސް މެ އެވެ.


ފަންނީ ބޭފުޅުން ކަމުގައި މަޝްހޫރުވެރިފައިވާ ބޭފުޅުންނާއި ބައެއް ފަންނީ ބޭފުޅުންގެ ބަސްތައް!


މާސްކު އެޅުމަކީ ބަލިމަޑުކަމެއް ފެތުރިގެން އުޅޭއިރު ބަލިމަޑުކަމުން ފުރިހަމައަށް ރައްކައުތެރިކޮށްދޭ އެއްޗެއް ނޫން ކަމާއި، އެ އަޅައިގެން އާންމުކޮށް ނުކުންނަނީ ނޭދެވޭ ނަތިޖާއެއް ކަމުގައި އެމެރިކާގެ ކޮވިޑް19 ގެ ފާދަރު އެންތޮނީ ފައުޗީ ވަނީ 8 މާރޗް 2020 ގައި ސީއެންބީސީން ހުށައެޅި “ފަސްދޮޅަސް މިނެޓް” ޕްރޮގުރާމްގައި ވިދާޅުވެފައިވެ އެވެ. ”މާސްކު އަޅައިގެން މަގުމަތީގައި ހިނގައި އުޅެގެން ނުވާނެ. މާސްކު އަޅައިގެން ހިނގައި އުޅުމުގެ މާނައެއް ނެތް. ބަލި މަޑުކަމެއް ފެތުރިގެން އުޅޭ އިރު މާސްކެއް އެޅުމުން ބަލިން ރައްކާތެރިވާނެ ކަމުގެ މޮޅު އިހުސާސެއް ކުރެވިދާނެ. މާސްކުން ޑްރޮޕް ލެޓެއް މަނާ ކޮށްފާނެ. އެކަމަކު، ބަލިމަޑުކަމުން ރައްކާތެރިވާނެކަމަށް މީހުން ހީކުރާހާ ފުރިހަމަ ރައްކާތެރިކަމެއް އެއިން ފޯރުކޮށް ނުދޭ. ގިނަ ފަހަރު، ނޭދެވޭ އެތައް ކަމެއް އެއިން މެދުވެރި ކުރޭ. މީހުން ތިބެނީ އަބަދުމެ މާސްކާ ކުޅެލަ ކުޅެލާ. މޫނުގައި އަތް އުނގުޅާލަ އުނގުޅާލާ.“

ޑަބްލިއުއެޗްއޯ: 30 މާޗް 2020 ގައި ޑަބްލިއުއެޗްއޯއިން ބޭއްވި ކޮވިޑް-19 އެމެޖެންސީ ޕްރެސް ކޮންފަރެންސުގައި އެ ބޭފުޅުން އޭރު ވިދާޅުވީ މާސްކު އެޅުމުގެ ފާއިދާއެއް ނެތް ކަމުގަ އެވެ. “ދުޅަހެޔޮކޮށް ތިބި ފަރާތްތަކުން އާންމު ތަންތަނުގައި މާސްކު އެޅުމަށް އާންމު ގޮތެއްގައި އަހަރެމެން އިރުޝާދު ނުދެމެވެ. ސަބަބަކީ މުޅި އާބާދީ އެކުއެކީ މާސްކު އެޅުމުގެ ވަކި ޚާއްސަ ފާއިދާއެއް ބަޔާންކޮށް އޮތް ވަކި ޚާއްސަ ހެއްކެއް ނެތެވެ.”

ސާޖިކަލް މާސްކުން ކޮވިޑް-19 ބަލި ޖެހުމުން ރައްކައުތެރިކޮށް ނުދޭ“ ކަމަށް އިޓަލީގެ ހެލްތު މިނިސްޓަރުގެ ސައިންޓިފިކް އެޑްވައިސަރ އަދި ޑަބްލިއުއެޗްއޯގެ އެގްޒިކިޓިވް ބޯޑްގެ މެންބަރ ކަމުގައިވާ ޕްރޮފެސަރ ވޯލްޓަރ ރިޗިއާޑީ ވެސް ވަނީ ވިދާޅުވެފަ އެވެ.


މާސް އެޅުމާ ދެކޮޅަށް ޖަރުމަނު ވިލާތުގެ ފުންނާބުއުސް ވައިރޮލޮޖިސްޓް އަދި ޖަރުމަނު ވިލާތުގެ ބޮން ގެ ޔުނިވަރސިޓީ ހޮސްޕިޓަލް ގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ ގެ ޑިރެކްޓަރ، ޕްރޮފެސަރ ހެންޑްރިކް ސްޓްރީކް ވިދާޅުވެފައިވެ އެވެ .”މާސްކް އަކީ ބެކްޓީރިއާ އަދި ފަންގަސް އުފެދުމަށް އޮތް ހާއްޔެއް. ޕެންޑެމިކް ގެ ކުރީކޮޅުގައި މާސްއެޅުމާ ދެކޮޅަށް ދިން އިންޒާރުތައް މިހާރުވެސް އޮންނަންޖެހޭނެ”


ރާއްޖޭގައި މާސްކު އެޅުން 30 ޖުލައި 2020 ގައި މަޖުބޫރު ކުރެވުނީ ޑަބްލިއުއެޗްއޯގެ 5 ޖޫން 2020 ގެ އިރުޝާދު ކަރުދާހަށް ނިޞްބަތްކޮށެވެ. އެހެނަސް، ހަމަ އެ އިރުޝާދު ކަރުދާހުގައި ބުނެފައިވަނީ މުޖްތަމަޢުގައި ޞިއްޙަތު ޞަލާމަތުންތިބި އަފްރާދުން އެއްވެސް ތަފާތުކުރުމެއް ނެތި މާސްކު އެޅުވުމާއި ގުޅިގެން (ކޮވިޑް ބަލިން) ރައްކާތެރިވާނެ ކަމުގެ މައްޗަށް ތާއީދުކޮށް ސީދާ ސައިންސުގެ ފެންވަރު ރަނގަޅު އެއްވެސް ހެއްކެއް ނެތް” ކަމުގަ އެވެ. ރާއްޖޭގައި ތިބި ސިއްޙީ ދާއިރާގެ ބޮޑުންނަށް މިވާހަކަ ނުފެނުކަމީ އަޖައިބެއް ފަދަ ކަމެކެވެ.

ޑަބްލިއުއެޗްއޯ: 8 ޖޫން 2020 ގައި، ޑަބްލިއުއެޗްއޯ އިން ބޭއްވި ނޫސް ކޮންފަރެންސުގައި ޑރ. މާރިއާ ވިދާޅުވެފައިވަނީ “އަހަރެމެން އަތުގައި ހުރި ޑޭޓާއިން، އަދިވެސް ފެންނަ ގޮތުގައި އެސިމްޓޮމެޓިކް (ނުވަތަ ބަލީގެ އަލާމާތްތަށް ނުފެނަނަ) މީހެއްގެ ފަރާތުން ބަލި ފެތުރުން ވަރަށް ކުޑަ.” ކަމުގަ އެވެ.
މިހެން މި ބޭފުޅާ ވިދާޅުވެފައިވާ އިރު، ޢަލާމާތްތައް ހުންނަ މީހެއްގެ ފަރާތުން ބަލި ޖެހޭކަން ސާބިތުކޮށްދީފައި ނުވެ އެވެ. އެފަދަ ފަންނީ ދިރާސާއެއް ނެތެވެ. ޢަލާމާތްތައް ފެންނަ މީހެކޭ ނުވަތަ ޢަލާމާތްތައް ނުފެންނަ މީހެކޭ ކިޔައި ދައްކަނީ ހައްތަހާވެސް ޚުރާފީ ޚިޔާލީ ވާހަކަތަކެވެ.

މާސްކު؟ އަޅަން ނުޖެހޭ އެއްޗަކުން، އެޅުން މަޖުބޫރު އެއްޗަކަށް ރާއްޖޭގައި ބަދަލުކުރި ގޮތް އިއްޔެ އާއި މިއަދުގެ ޞަފްޙާތަކުން!


ކޮވިޑް-19 އާއި ގުޅިގެން މާސްކު އެޅުމާ މެދު ރާއްޖޭގައި ހިނގައިދިޔަ ކަންކަމަށް ބަލާއިރު ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ އިން އެންމެ ފުރަތަމަ އިރުޝާދު ދިނީ ހުރިހާ އަފްރާދުން މާސްކު އެޅުމާއި މާސްކު މަޖުބޫރުކޮށް އެޅުވުމުގެ ބޭނުމެއް ނެތް ކަމުގަ އެވެ. ޑރ. އަލީ ލަތީފް 1 ފެބުރުއަރީ 2020 ގައި ވިދާޅުވެފައިވަނީ މާސްކް އެޅުން އޮންނަ ގޮތަކީ އެއްވެސް ކަހަލަ ސިމްޓޮމެއް (ޢަލާމާތެއް) ނުހުންނަންޏާ މާސްކް އަޅާކަށް ނުޖެހޭނެ.” ކަމުގަ އެވެ.


ހަމަ މިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މޫސާ ހުސެއިން ވިދާޅުވީ އެމެރިކާގެ ސީޑީސީގެ ގައިންޑްލައިންގައި ވެސް މާސްކް އަޅަން ލަފާދެއްވަނީ މިބަލީގެ އަލާމާތްތައް ފެންނަ މީހުން. ނުވަތަ ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން.” ކަމުގަ އެވެ. މޫސާ ހުސައިން ވިދާޅުވީ ހުރިހާ މީހުން މާސްކް އެޅުން މުހިއްމު ނޫން ކަމަށެވެ. އަދި އޭނާ އެ ދުވަހު ވިދާޅުވީ އޭރު (އަދި މިހާރުވެސް އިނގޭތޯ) މާސްކް ބޭނުން ކުރަމުން ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.


އެހެނަސް، އޭގެ 2 މަސް ފަހުން އިރުޝާދު ބަދަލުވެ، މަގުމައްޗަށް ނުކުންނަ އިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިރުޝާދު ދިނެވެ. އެ އިރުޝާދު ދިން ވާހަކަ އިއުލާނު ކުރީ ހަމަ އެއްކަލަ ޑރ. އަލީ ލަތީފެވެ. އަލީ ލަތީފް 20 އޭޕްރީލް 2020 ގައި ވެދާޅުވެފައި ވަނީ ކުރިން އަޅުގަނޑުމެން ދެންނެވިން އަދި މާސްކް އަޅާކަށް ނުޖެހޭނެއޭ. މިހާރު ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނުކުންނައިރު މާސްކް އެޅުން ވަރަށް މުހިންމު.” ކަމުގަ އެވެ. މާސްކު އެޅުމުގެ އިރުޝާދު ކުއްލިއަކަށް 90 ޑިގްރީއަށް ބަދަލުވީ އެވެ. އޭނާ މިހެން ބުނި ދުވަހު ކޮވިޑަށް ރާއްޖެއިން ފައްސިވި އަދަދަކީ 67 ކެވެ. ބޭރަށް ނުކުންނަ އިރު މާސްކު އެޅުން ރާއްޖޭގައި މަޖުބޫރު ކުރެވުނީ 30 ޖުލައި 2020 ގަ އެވެ. މިދުވަހު ކޮވިޑް ކޭސްގެ ޖުމްލަ އަދަދަކީ އަކީ 3719 އެވެ. 18 ސެޕްޓެންބަރ 2020 ގައި ކޮވިޑް ކޭސްގެ ޖުމްލަ އަދަދަކީ 9568 ކެވެ. މާސްކު އެޅުން މަޖުބޫރު ކުރިފަހުން 5849 ކޭސް ކަމުގައި މި ބޭފުޅުން މިކިޔާ ކޭސްތައް މިވަނީ ފެނިފަ އެވެ. އެހެންކަމުން، މާސްކު އެޅުވުމުގެ ސަބަބުން ކޭސްތައް މަދުވުމުގެ ބަދަލުގައި ކޭސްތައް އިތުރުވީކީ ނޫން ތޯއެވެ؟ މިވެސް އުފެދޭ ސުވާލެއް ނޫންތޯ އެވެ.


އެޗްޕީއޭއިން ބުނަނީ ކޮވިޑް-19 ބައްޔަކީ ސާސްކޮވް2 ކޮރޯނާ ވައިރަހުން ޖެހޭ ބައްޔެއްކަމަށް!


30 ޖޫން 2020 ގައި އެޗްޕީއޭ އިން ނެރެފައިވާ “ކޮވިޑް-19 ރެފަރެންސް ގައިޑް” ގައި ބުނެފައި ވަނީ މިފަދައިން ނެވެ. ”(ކޮވިޑް-19) ކޮރޯނާވައިރަސް ބައްޔަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޮމް ކޮރޯނާ ވައިރަސް 2 (ސާސް-ކޮވް-2) އިން ޖެހޭ ބައްޔެކެވެ. މި އާ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ އައިޑެންޓިފައި ކުރެވިފައިވަނީ، ޗައިނާގެ ހުބެއި ޕްރޮވިންސުގެ ވޫހާން ސިޓީ އިންނެވެ. މީގެ ވާހަކަ އެންމެ ފުރަތަމަ ޑަބްލިއުއެޗްއޯއަށް ރިޕޯޓު ކުރެވުނީ 31 ޑިސެންބަރ 2019 ގަ އެވެ. ޗައިނާގެ ރަސްމީ އިދާރާތަކުން ވައިރަސް އައިސޮލޭޓްކުރީ (ވަކިކުރީ) 7 ޖެނުއަރީ 2020 ގައެވެ. ކޮވިޑް-19 ބަލިމަޑުކަން ފެތުރުމަކީ ގްލޯބަލް ހެލްތު އެމެޖިންސީއެއް ކަމުގައި ޑަބްލިއުއެޗްއޯއިން އިއުލާނުކުރީ 30 ޖެނުއަރީ 2020 ގައެވެ. 11 މާޗް 2020 ގައި ކޮވިޑް-19 އަކީ ގްލޯބަލް ޕެޑަމިކެއް ކަމުގައި ޑަބްލިއުއެޗްއޯ އިން އިއުލާނު ކުރެވުނެވެ.“


”(ކޮވިޑް-19) ކޮރޯނާވައިރަސް ބައްޔަކީ ކޮރޯނާ ވައިރަސް 2 (ސާސް-ކޮވް-2) އިން ޖެހޭ ބައްޔެއް” ކަމުގައި އެޗްޕީއޭއިން ބުނާއިރު އެކަން ސާބިތުކުރުމަށް އެއްވެސް ކަމެއް މިހާތަކަށް އެޗްޕީއޭއިން ކޮށްފައިނުވެ އެވެ. ހައްތަހާވެސް ވާހަކަ ދައްކަނީ ޚިޔާލާއި ވަޙުމާއި ހީތަކުގެ މައްޗަށެވެ. މިވެނި އެވެނި އެއްޗަކުން މިވެނި އެވެނި ބައްޔެއް ޖެހެއޭ ކިޔާފައި ކޮންމެ މީހަކަށް ވެސް ކޮންމެ ދަޢުވާއެއް ވެސް ކުރެވިދާނެ އެވެ. އެހެނަސް، އެއްޗަކުން ބައްޔެއް ޖެހޭކަން ސާބިތުކޮށްފައި މެނުވީ އެފަދަ ދަޢުވާއެއް ކޮށްގެން ނުވާނެ އެވެ. ސަބަބަކީ މިފަދަ ޚުރާފީ ދަޢުވާތަކުގެ ސަބަބުން ކުރާ ނޭއްގާނީ ޖައްބާރު ޢަމަލުތަކުގެ ނަތީޖާއިން އިންސާނުންގެ ދިރިއުޅުމަށް އެތަކެއް ނޭދެވޭ އަސަރުތަކެއް ކޮށްފި އެވެ. އޭގެ ޒިންމާ ނަގަން އެކި ތަންތަނުގައި ތިބި ރޯނު އެދުރުންނާއި ޞިއްޙީ ފާދަރުން ނުކުމެގެން ނައަންނާނެ އެވެ. އެމީހުން ބަލާނީ އަދިވެސް ކުރަމުން މިދާ ކޮވިޑް ޚިޔާނާތްތެރި ވައްކަން އިތުރަށް ފަސްއަޅާ ފޮރުވާލެވޭތޯ އެވެ. މި އެންމެހައި ނޭއްގާނީ ފިޔަފަޅުތަކުގެ ހިއްދަތިކަން ތަޙައްމަލު ކުރަން ޖެހެނީ ޤައުމާއި ޢާންމު ރައްޔިތުން ނަށެވެ.


ދެވަނައަށް، ކޮވިޑް19 ވައިރަސް (ސާސް-ކޮވް-2) އައިސޮލޭޓް ކުރި ކަމުގައި އެޗްޕީއޭއިން ބުނެފައިވާ ވާހަކަ އަކީ އެއްވެސް އޮއްޓަރެއް ނެތް ޚުރާފީ ހަޤީޤަތާއި ޚިލާފު ވާހަކަ އެކެވެ.


ޚުދު އެމެރިކާގެ ސީޑީސީއާއި އެފްޑީއޭއިންވެސް ވަނީ ކޮވިޑް-19 ވައިރަސް އައިސޮލޭޓް (ހޯދައި ވަކި) ކުރެވިފައި ނުވާ ކަމުގައި 13 ޖުލައި 2020 އެމީހުން ނެރުނު ކޮވިޑް-19 އިރުޝާދު ކަރުދާހުގައި ލިޔެފަ އެވެ.

ދުނިޔޭގެ އެއްވެސް ބަޔަކު އަދި މިހާތަނަށް ކޮވިޑް-19 ވައިރަސް އައިސޮލޭޓް ކޮށްފައި ނެތް ކަމުގައި ކެނެޑާ ސަރުކާރުގެ ރަސްމީ ސައިންސުގެ އިދާރާއިން ވެސް ވަނީ ބުނެފަ އެވެ.


ކޮވިޑް19 ވައިރަސް (ސާސްކޮވް2) އައިސޮލޭޓް (ނުވަތަ ވަކި) ކުރިތޯ ބެލުމަށް އެދި މައުލޫމާތު ހޯދުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދި ހުށައެޅުމުން ކޮވިޑް19 ވައިރަސް އައިސޮލޭޓް ކުރެވިފައި ނެތް ކަމުގައި ކެނެޑާ ސަރުކާރުގެ ރަސްމީ ސައިންސުގެ އިދާރާއެއް ކަމުގައިވާ ނޭޝަނަލް ރިސާޗް ކައުންސިން އިން 19 ޖޫން 2020 ގައި ބުނެފައިވެ އެވެ. މިއީ ހަމަ ގައިމުވެސް، ރާއްޖެއާ އަޅާ ބަލާއިރު މާ ބޮޑެތި ޤައުމުތަކެއް ނޫން ތޯ އެވެ؟
ކޮވިޑް-19 ބަލީގެ ވައިރަސް ވުޖޫދުގައިވާކަން ދައްކައިދިނުމަށް އެދި ޗެލެންޖެކޮށް އޮސްޓްރޭލިއާގެ ޕަބްލިކް ހެލްތަށް މައުލޫމާތު ހޯދުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އެދުމުން އެމީހުންގެ ޖަވާބަކީ SARS-CoV-2 އައިސޮލޭޓް (ހޯދައި ވަކިކޮށް އެކަހެރި) ކުރެވިފައިވާ ކަމުގެ “ރެކޯޑެއް އެމީހުން އަތުގައި ނެތް” ކަމުގަ އެވެ.

އޮސްޓްރޭލިއަން ޑިޕާޓްމެންޓް އޮފް ޕަބްލިކް ހެލްތު “މުޅި ދުނިޔޭގައިވާ އެއްވެސް އިންސާނެއްގެ ކިބައިން ކޮވިޑް-19 ވައިރަސް އައިސޮލޭޓް ކުރިކަމުގެ ރެކޯޑެއް އޮސްޓްރޭލިއާގެ ސަރުކާރުގެ ޑިޕާޓްމެންޓް އޮފް ހެލްތުގައި ނެތެވެ.”

އަޅުގަނޑުމެންނަށް، އެނގިފައިވާ ގޮތުން މިއަދާއި ހަމައަށް ޖުމްލަ 14 ވައިރަލް ޗެލެންޖް އެކި ޤައުމުތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި ޞިއްޙީ އިދާރާތަކަށް ފޮނުވާފައިވެ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، ކެނެޑާ، ނިއުޒިލެންޑް، އޮސްޓްރޭލިއާ އަދި އިރްލެންޑް ހިމެނެ އެވެ. މި ހުރިހާ ޤައުމެއްގެ މުއްސަސާތަކަށް މައުލޫމާތު ހޯދުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ފޮނުވުމުން އެމީހުންގެ ޖަވާބަކީ ކޮވިޑް-19 އެއެއްޗަކުން ޖެހޭ ކަމުގައި މި މީހުން ދަޢުވާކޮށްގެން އުޅޭ SARS-CoV-2 ގެ އައިސޮލޭޝަން (ހޯދުމުގެ) މައްޗަށް އެމީހުންގެ އަތުގައި “އެއްވެސް ރެކޯޑެއް ނެތް” ކަމުގަ އެވެ.


ވައިރަސް އައިސޮލޭޓް ކޮށްފައި ނެތުމުގެ މާނައަކީ އެ ވައިރަހަކުން ބައްޔެއް ފެތުރޭކަމުގެ ސައިންސުގެ ހެއްކެއް ހޯދިފައި ނެތް ކަމެވެ. އައިސޮލޭޓް ނުކުރެވޭ ވައިރަހެއްގެ މައްޗަށް އަދި ބަލިފަތުރާ އެއްޗެއް ކަމުގައި ސާބިތު ކުރެވިފައި ނުވާ އެއްޗެއްގެ މައްޗަށް ހަދާނެ ވެކްސިނެއް، ކުރާނެ ލޮކްޑައުން އެއް، އަޅާނެ މާސްކެއް ނޯންނާއެވެ. އެހެންކަމުން، ކޮވިޑް19 އިގެ މައްޗަށް ހަދާ ވެކްސިނާއި، ކުރާ ލޮކްޑައުން އާއި، އަޅާ މާސްކުތައް ފަދަ ހަރުކަށި ޢަމަލުތައް ވެގެން ދާނީ ޞިއްޙީ ދާއިރާގެ ފާދަރު ފިރިހެނުންނާއި އަންހެނުން އިސްވެ، އެތަކެއް އިންސާނުންގެ އިންސާނީ ހައްޤުތަކައް ނިގުޅައިގަނެ ހިންގާފައިވާ ޖަރީމާވެރި އަނިޔާވެރި ޚިޔާނާތްތެރި ޢަމަލެއް ކަމުގަ އެވެ. ސަލާމަތް ބުއްދިހުރި ކޮންމެ އިންސާނަކުމެ މި ޚިޔާނާތްތެރި ވައްކަން ކުށްވެރިކުރަން އެބަޖެހެ އެވެ. މި ޚިޔާނާތުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކުރަން އެބަޖެހެ އެވެ. މި ޚިޔާނާތްތެރި މަކަރުވެރި ވައްކަމުގެ މަޅީގައި ޖެހުން ދޫކޮށްލަން އެބަ ޖެހެ އެވެ.

Leave a Reply